ޚަބަރު
ފާޑުކިޔުން އަމާޒުވުމުން މަޖިލީހުގެ ޖަލްސާތައް ލައިވްކުރަން ޕީއެސްއެމް އިން ނިންމައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލުމުން ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ބަދަލުކޮށްފި އެވެ.
ޖަލްސާތައް ވަގުތުން ދެއްކުން އިއްޔެ ހުއްޓާލައި މަޖިލިސް އޮތް ގަޑިތަކުގައި އެ ޗެނަލުން ގެނެސްދިނީ ކުރިން ދައްކާފައި ހުރި ބައެއް ޕްރޮގްރާމްތަކެވެ.
ޖަލްސާތައް ދެއްކުން ހުއްޓާލީ ވަގުތީގޮތުން ކަމަށް މިއަދު ހެނދުނު ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމްގެ ނިންމުމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެތަނުގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ”މިހާރު“ އަށް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކަން މިހާރު ނިންމާފައިވާ ކަމަށެވެ.