ވިޔަފާރި

ހޮސްޕިޓަލިޓީއަށް އޮތް ޓެކްނޮލޮޖީގެ ކުރިމަގު ކެއިރެޓުސޫގެ ސަމިޓުން ފެނިއްޖެ

ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް، ރާއްޖޭގެ އެންމެ ބޮޑު ޓެކް ކޮމްޕެނީ ކެއިރެޓުސޫ އިން ”ނެކްސްޓް“ ގެ ނަމުގައި ސަމިޓެއް ބާއްވައިފި އެވެ.

އެއީ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ދުނިޔޭގެ އެންމެ ބޮޑު އެއް އޮޓޮމޭޝަން ކުންފުނި ލުޓްރޯންއާ ގުޅިގެން ބޭއްވި ސަމިޓެކެވެ.

ލުޓްރޯން އަކީ ދުނިޔޭގެ އެންމެ ބޮޑު ގެސްޓް ރޫމް މެނޭޖްމަންޓް ސިސްޓަމްސް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނީގެ ގެސްޓް ރޫމް މެނޭޖްމަންޓް ސިސްޓަމްތަކަކީ ގެސްޓް އެކްސްޕީރިއަންސް އެލެވޭޓުކޮށް، އޮޕްޓިމައިޒް ކުރުމުގެ ގޮތުން ރިސޯޓުތަކާއި ހޮޓާތަކުގެ ރޫމް އޮޓަމޭޓްކޮށް، އިންޓަގްރޭޓް ކޮށްދޭ ސިސްޓަމްތަކެކެވެ.

އެ ސިސްޓަމްތައް މެދުވެރިކޮށް، ގެސްޓްރޫމްތަކުގެ ލައިޓިން އާއި އޭސީ އަދި ރޫމްގެ ޝޭޑިން، އެއް ސިސްޓަމެއް މެދުވެރިކޮށް އިންޓްގްރޭޓުކޮށް ގެސްޓް އެކްޕީރައަންސް އެންހޭންސް ކޮށްދީ އޮޕަރޭޝަނަލް އެފިޝަންސީ އިތުރު ކޮށްދިނުމުގެ އިތުރުން އެނާޖީ މެނޭޖުކުރުމުގައި އެހީވެދެ އެވެ. އެގޮތުން، އޭއައި ޓެކްނޮލޮޖީއާއި ރޫމް ސެންސާތަކުގެ އެހީގައި ރޫމްގައި މީހުން އުޅޭވަގުތާއި ނޫޅޭ ވަގުތުތައް ދެނެގަނެ އެވަގުތަކަށް އެންމެ ބޭނުންވާ ގޮތަށް ސިސްޓަމް ޕްރޮގްރާމްކޮށް ޕްރޮސެސް ކުރުމަށް އެހީވެދެ އެވެ.

ސިސްޓަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ މި ހުރިހާކަމެއްގެ ކޮންޓްރޯލް އަދި މޮނީޓަރިން އަށް ދެވޭ ސޮޕްޓްވޭއާ (ލުޓުރޯން ވިއު) އެވެ. މި ސޮފްޓްވެއާ މެދުވެރިކޮށް އެ ޕްރޮޕަޓީއެއްގެ އިންޖިނިއަރިން ޑިޕާޓްމަންޓުން ފަސޭހަކަމާ އެކު ރޫމްތައް މެނޭޖުކުރުމަށް އެހީވެދެ އެވެ.

ކެއިރެޓުސޫ އަކީ ލުޓްރޯންގެ ގްލޯބަލް އެޗް.ޓީ.އައި. ލައިސަންސް ދީފައިވާ ހަތް ކުންފުނިން އެއް ކުންފުންޏެވެ. އަދި މި ކުންފުންޏަކީ ލުޓްރޯންގެ އެޗް.ޓީ.އައި. ލައިސަންސް އޮތް ހަމައެކަނި ދިވެހި ކުންފުންޏެވެ.

Back to top button